މަޖިލިސް ރައީސް އަބުދުއްރަހީމްއާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި

މަޖިލިސް ރައީސް އަބުދުއްރަހީމްއާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި

Author
ޙަސަން މުޙައްމަދު
25 ޖުލައި 2024 04:10
0

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމްއާއި އިންޑިއާގެ ސަފީރު މުނޫ މަހާވަރު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެހެންނަމަވެސް މި ބައްދަލު ކުރެއްވުމާއި ގުޅޭ އިތުރު ތަފްސީލު ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމް އަދި މެޖޯރިޓީ ލީޑަރު އިބްރާޙިމް ފަލާހު ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.