އޭޑީކޭއިން ވީއައިއޭގައި ޕީސީއާރ ޓެސްޓް ހަދާ ޒަމާނީ ލެބެއެއް ޤާއިމްކޮށްފި

އޭޑީކޭއިން ވީއައިއޭގައި ޕީސީއާރ ޓެސްޓް ހަދާ ޒަމާނީ ލެބެއެއް ޤާއިމްކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 10:47
0

އޭޑީކޭ ހޮސްޕިޓަލާއި، ލަކްސް ރިސޯރޓްސް އަދި ޕީ.އެމް.އޭ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓްގައި، ކޯވިޑް19 ޕީސީއާރ ޓެސްޓް ހަދާ ޒަމާނީ ލެބެއެއް  ހުޅުވައިފިއެވެ.

މި ލެބޯޓްރީ ގައި ބޭނުންކުރާނީ ޖަރުމަން ވިލާތުގެ ރޯޗް މަރުކާގެ ލައިޓް ސައިކްލަރ 480 ޕީސީއާރް މެޝިން އަދި މެގްނާ ޕިއޯރ އެކްސްޓްރެކްޓަރ އެވެ. އަދި މިއީ ދުނިޔޭގައި މިހާރު ކޯވިޑް19) ޕީސީއާރ ޓެސްޓް ހަދާ އެންމެ މަތީފެންވަރުގެ ފުލީ އޮޓޮމޭޓެޑް ލެބޯޓްރީއެއްކަމަށް އޭޑީކޭއިން ބުނެއެވެ.

މި ލެބް ހުޅުވުމުގެ ސަބަބުން ކޯވިޑް19 ޕީސީއާރ ޓެސްޓް ހަދަންޖެހޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ލެބް ހުޅުވުމާއެކު ޓީ.އެމް.އޭ ގައި ހުންނަ ފެބްއިން ސާމްޕަލް ނެގުމާ އެކު ރިސޯރޓްސް ތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ބަލައިގަނެ އަދި ޓެސްޓު ކުރެވޭނެއެވެ. މީގެ އިތުރުން އެއާރޕޯޓް ފެރީ ޓާރމިނަލްގަ ވެސް ސާމްޕަލް ޑްރޮޕް-އޮފް ޕޮއިންޓެއް ވާނީ ގާއިމްކުރެވިފައެވެ.

މި ފެބްހުޅުވުމުން އޭޑީކޭ ހޮސްޕިޓަލްމެދުވެރިވެގެން ޕީސީއާރ ޓެސްޓް ހެދޭ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް 2000 ޓެސްޓަށް އިތުރުވެގެން ދާނެއެވެ. އައި ހުޅުވުނު ލެބޯޓަރީއާއި އެކު މަސައްކަތުގެ އެފިށެންސީ އަށް ކުރިއެރުން އައިސްފައިވެއެވެ. މި ލެބޯޓްރީއާއިއެކު އޭޑިކޭއިން ވަނީ ކޯވިޑް19 ޕީސީއާރ ޓެސްޓް ހަދައިދޭ އަގުތައްވެސް ވާނީ ކުޑަކޮށްފައެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުން ދިވެހީންނަށް ޓެސްޓް ހަދައިދޭ އަގު، 1200.00 ރުފިޔާއިން، 1000.00 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

އަދި ޓޫރިސްޓުންނަށް ޓެސްޓް ހަދައިދޭ އަގު 80.00 އެމެރިކާ ޑޮލަރުން، 70.00 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ. ލެބޯޓްރީ ހުޅުއްވާދެއްވީ، އެކަމަށްޓަކައި ބޭއްވުނު ވާރޗުއަލް ޙަފްލާއެއްގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.