މަސްވެރިޔަކަށް މިޔަރެއް ހަމަލާދީގެން އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ހަރަކަތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ޅ.ފާދޫ ބޮއި ކައިރީގައި މަސްވެރިކަމުގައި އުޅުނު "ޒިކުރާ" ދޯނީގައި ހުރި40 އަހަރުގެ ދިވެއްސަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފައި ޒަހަމް ވެގެން ސިއްޚީ ފަރުވާއަށް ޅ.ނައިފަރަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދާން އޭރިޔާގެ ކޯސްޓްގާޑް ހަރަކާތްތެރިވަމުން ދާކަމަށެވެ. މިމީހާގެ ފައިގެ މައި ނާރަށްވެސް ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:30 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ