މުނައްވަރު ގަވަރުނަރުކަމަށް އައްޔަނުކުރުމާއިމެދު އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

މުނައްވަރު ގަވަރުނަރުކަމަށް އައްޔަނުކުރުމާއިމެދު އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
23 ޖުލައި 2024 06:18
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރެއްވުމާމެދު އާއްމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި، ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރައްވައި، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަށް މުނައްވަރު ހަމަޖެއްސެވުމާއި މެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ އިއްޔެއެވެ.

އެއާއިއެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ވަނީ، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މިކަމާއި ގުޅޭގޮތުން މަޖިލިހުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މުނައްވަރާއި މެދު އާއްމުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ މާދަމާ މެންދުރު 14:00ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ. ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް ޖެހުމަށްފަހު މާލިއްޔަތު ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް މަޖިލީހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.