މީހެއް ދެކެ ހަގީގީ ލޯބިވެވުމާއި މީހަކާއި ގަޔާވުން ނުވަތަ ލައިކް ވުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ގިނަ މީހުންނަށް ވަނީ މި ދެގޮތާއިމެދުގައި އޮޅުން އަރާފައެވެ.
އާންމުކޮށް މީހަކާއި ގަޔާ ވަނީ މީހެއްގެ ހުރި ސިފަތަކެއްގެ ސަބަބުން އެއީވަރަށް ފުރިހަމަ މީހެއްކަމަށް ބަލައިގަނެވުމުންނެވެ. ނަމަވެސް މީހެއްދެކެ ލޯބި ވެވުމަކީ އެކަކު އަނެކަކުގެ އިހުސާސްތައް ރަނގަޅަށްދަނެ ހިތްހަމަޖެހިގެން އުޅުމާއި އެމީހަކާއިއެކު މުޅި އުމުރުދުވަސް ހޭދަކޮށްލަން ބޭނުންވުމެވެ.
އެހެންކަމުން މިކިޔައިދެނީ މިދެ ކަންތައް ފާހަގަކުރާނެ ނުވަތަ ތަފާތުވާނެގޮތްތަކެވެ.
މީހަކު މީހެއްދެކެ ލޯބި ވާނަމަ އަބަދުވެސް ދެމީހުންނަށް އެންމެ ރަނގަޅު ގޮތަށް ވިސްނާ އެގޮތަށް ކަންތައް ކުރާނެއެވެ. ނަމަވެސް ކަމުގޮސްގެން އުޅޭނަމަ ހަމައެކަނި އަމިއްލައަށް ވިސްނައި ވަގުތީކަމެއް ގޮތުގައި ވިސްނާނެއެވެ.
ލޯތްބަކީ އެއަކު އަނެކަކު ރަނގަޅަށް އެނގި އިހުސާސްތަކަށް ގަދަރުކޮށް އަދި ދެމީހުންކުރާ އިތުބާރުގެ މައްޗަށް ބިނާވާއެއްޗެކެވެ. ނަމަވެސް އެހެންކަހަލަ ގުޅުމެއް ނަމަ ހަސަދަވެރިވުމާއި އިތުބާރުނުކުރެވޭ ތަން ފެންނާނެއެވެ. އަދި މީހެއްދެކެ ލޯބިން އުޅޭނަމަ ހުންނަ އުނި ސިފަތައްވެސް ޤަބޫލުކުރާނެއެވެ.
މީގެ އިތުރުން ލޯބި ވުމާއި ގަޔާވުމުގެ އެންމެ ބޮޑު ތަފާތަކީ ލޯބިވާ މީހެއްނަމަ އެމީހަކު އެހުރި ގޮތަކަށް ހުރި ސިފަ އަކަށް ހުރި ބައްޓަމަކަށް، ލޯބިވާ މީހާ އެމީހަކު ބަލައި ގަންނާނެ އެވެ. ނަމަ ވެސް ގަޔާ ވާ މީހާ ގަޔާވާނީ ތިމާގެ ހުންނަ ވަކި ކަމަކަށް ނޫނީ ސިފައަކަށެވެ. އެއަށް އަދި ލޮތްބޭ ނުކިޔޭނެއެވެ.
އެމީހަކު ލޯބިވާ މީހަކާއި އެކުގައި އެމީހަކަށް ރައްކާތެރިކަންވެސް އިހުސާސްވާނެއެވެ. ނަމަވެސް ލޯބި ނެތި މީހަކާއި އެކުގައި އުޅޭނަމަ މިކަހަލަ އިހުސާސްތަކެއް ނުކުރާނެއެވެ.