ޑީއެންއޭއަށް ބިނާކޮށް ޝަރްޢީ ޙައްދެއް ނުވަތަ ޤިޞާޞެއް ޤާއިމެއް ނުކުރެވޭނެ

ޑީއެންއޭއަށް ބިނާކޮށް ޝަރްޢީ ޙައްދެއް ނުވަތަ ޤިޞާޞެއް ޤާއިމެއް ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 04:05
0

ޑިއެންއޭއަކީ ނަސަބު ޘާބިތުކުރުމަށް ޝަރްޢީ ޙައްދެއް ނުވަތަ ޤިޞާޞެއް ޤާއިމެއް ނުކުރެވޭނެ ޤަރީނާއެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

قذف / ކުރާ ފިރިހެނަކަށް لعان ކުރެވިދާނެފަދަ ޙާލަތެއްގައި ކުށުން ބަރީއަ ވުމަށްޓަކައި ޝަރީޢަތް މެދުވެރިކޮށް ޑީއެންއޭ ހަދަން އެދެވިދާނެތޯ؟ އަލްހަން ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ DNA އަކީ ނަސަބު ޘާބިތުކުރުމާއި ނަފީކުރުމުގައި މިޒަމާނުގައި ބޭނުންކުރުން ހުއްދަވެގެންވާ ޤަޠްޢީ ޤަރީނާއެއްކަމަށެވެ. ނަމަވެސް އެއަށް ބިނާކޮށް ޝަރްޢީ ޙައްދެއް ނުވަތަ ޤިޞާޞެއް ޤާއިމެއް ނުކުރެވޭނެ ކަމުގައެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ބައެއް އާންމުންގެ މެދުގައި ޚިޔާލް ތަފާތުވެފައިވާ މިމައްސަލާގައި ރައީސްމައުމޫން ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރުޢުގައި އަންގަވާފައި އޮތުމަމަކީ އެނޫންގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާކަމެއްނޫން ކަމަށެވެ. އިރުހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތްނަމަވެސް މިހާރު ނަމާދު ވަގުތުބަލަނީ ފަލަކީ ހިސާބުން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަރޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ޤަރީނާގެގޮތުގައި ޝަރީޢަތުން ބަލައިގަނޭ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

އެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކުރައްވައި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކޭކަމުގައެވެ.

ޝަރުޢީ ނަސަބުގެ ޙައްސާސްކަންބޮޑުކަމުން އެއާ ގުޅުންހުރި ކަންކަމުގައި ޑީއެންއޭ ބޭނުންކުރުމާމެދު ރައްކާތެރިވާންޖެހޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ނަސަބުގެ ކަންކަމުގެ މައްޗަށް ތަރިކައާއި ކައިވެންޏާ ވަރަށް ގިނަކަންކަން ތަރައްތުބުވެފައިވާއިރު، ޑީއެންއޭގެ މައްޗަށް ވަޙީގެ ޤަޠުޢީ ޙުކުމްތައް އިސްކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.