ފަށާ ދުވަހާއި، ނިމޭ ދުވަސް މިހާރު އެގޭނެ، ތަރައްޤީއާއިމެދު މިއަދު ސުވާލެއް ނެތް: އާޒިމް

ފަށާ ދުވަހާއި، ނިމޭ ދުވަސް މިހާރު އެގޭނެ، ތަރައްޤީއާއިމެދު މިއަދު ސުވާލެއް ނެތް: އާޒިމް

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 10:23
0

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޞާލިހު މިއަދު ގެނެސްދެއްވާ ތަރައްޤީއާއިމެދު ސުވާލެއް ނެތްކަމަށާއި، ތައްޤީގެ މަޝްރޫޢުތައް ހިންގަމުންދަނީ ފަށާނެ ތާރީހާއި ނިމޭނެ ތާރީހުދީ އެދުވަހަށް ނިންމަމުން ކަމުގައި ސަރުކާރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުންދާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަމަށެވެ. މިއަދު އެމްޓީސީސީގެ މުވައްޒިފުންނަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މުވައްޒިފުންނަށް ވާއިރު، އެ މުވައްޒިފުންގެ މަސައްކަތްވެސް ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް، ރައްޔިތުން ބޭނުންވާ ހަލުވި މިނުގައި މަަސައްކަތް ކުރަމުންދާކަމަށެވެ.

ފާއިތުވެދިޔަ ތަނުގައި އެމްޓީސީސީން ގިނަ އަހަރުތަކަކުން ނިންމާއި، ބަނދަރާއި، ބިން ހިއްކުމާއި، އެއާރޕޯޓް އެޅުންވެސް ކުރު މުއްދަތަކަށް ބަދަލުކޮށް ތަރައްޤީ އަކީ އަވަހަށް ގެނެވޭނެ އެއްޗެއްކަން ހާމަކޮށްދީފައިވާކަމަށެވެ. މިއީ ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ތަރައްޤީއަށް އެދެމުންދާ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިންހަމަ ޖެހުމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީގެ ހުރިހާ މުވައްޒިފުން ތިބީ ރާއްޖޭގެ ތަރައްޤީ ނުހުއްޓޭނެ ގޮތަކަށް މަސައްކަތް ކުރަން އަތުކުރި އޮޅާލައިގެން. ކުރިން ކުރި ގޮތަކަށް ނޫން މިހާރު އެމްޓީސީސީން މަސައްކަތް ކުރަނުންދަނީ. ކުރިން މަސައްކަތް ކުރަމުން ގޮސްފައިވަނީ އެންމެ ރަނގަޅު ސްޕީޑުގައިއެންމެ ރަނގަޅު ގޮތަކަށްނޫން. ކުރިން 2 އަހަރުން ނިންމާ ބަނދަރު މިހާރު މި ނިންނަމީ 6 މަހުން. ކުރިން 3 އަހަރުން ނިންމާ އެއާޕޯޓް މިނިންމަނީ 1 އަހަރު. ބިން ހިއްކުންވެސް މިއަދު 3 މަސް ތެރޭގައި ކުރެވޭ.

– އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއިން ނިންމާފައިވާ ގޮތުގެ ތަފްސީލްތައް ދެއްވަމުން އާޒިމް ވިދާޅުވީ އެކުންފުނިން ބޭނުންވަނީ މި މަޝްރޫޢުވެސް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާލުމަކީ އަމާޒެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެމްޓީސީސީގެ އަމާޒަކީ އެރަށެއްގައި އެމްޓީސީން ކުރާ މަސައްކަތެއް ފަށާނެ ތާރީހާއި ނިމޭނެ ތާރީހު ރައްޔިތުންނަށް ދިނުމަށްފަހު އެތާރީހުގެ ކުރިން މަސައްކަތް ނިންމުންކަމަށެވެ. އެގޮތުން ތިނަދޫ ބަނދަރުގެ މަސައްކަތް ނިންމާލަން އަމާޒު ހިފާފައިވާ ތާރީހަށް މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑާއި، މުވައްޒިފުންގެ އެއްބައިވަންތަކާއިއެކު މިއަދު ރައްޔިތުންނަވެސް ތަރައްޤީގައި ގިނަ އުންމީދުތަކެއްލިބެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދިނުންކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.