ޔޫއްޕެ ބިރުވެރި ފިލްމް އެއް ގެެނެސްދެނީ

ޔޫއްޕެ ބިރުވެރި ފިލްމް އެއް ގެެނެސްދެނީ

Author
ފާތިމަތު ނާވީ
23 ޖޫން 2024 10:38
0

މީގެ ކުރިންވެސް ބިރުވެރި ފިލްމް ތަކެއް ބެލުންތެރިންނަށް ގެެނެސްދީފައިވައި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާ ވެސް ބިރުވެރި ފިލްމް އެއް ގެނެސްދިނުމަށް ތައްޔާރު ވެއްޖެއެވެ.

ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި  ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ނިންމާފައިވާ މި ފިލްމް އަކީ އަނެއްކައިވެސް ޔޫއްޕެ ޑައިރެކްޝަން ފެނިގެންދާނެ ފިލްމްއެކެވެ. މި ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމްގެ މުހިންމު ރޯލަކުންވެސް އޭނާ ފެނިގެންދާނެއެވެ.

މީގެ އިތުރުން މި ފިލްމްގެ ލީޑުން ފެނިގެންދާނީ މިހާރު ގިނަބައެއްގެ މެދުގައި މަޝްހޫރު ބަތަލާ އެއް ކަމުގައިވާ އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އެވެ.

ޔޫއްޕެ އެންމެ ފަހުން ގެނެސްދިން ބިރުވެރި ފިލްމަކީ މިދިޔަ އަހަރުގެ "ކަޅަކި" އެވެ. އޭނަ ކުރިން ހެދި ބިރުވެރި ފިލްމުތަކުގެ ތެރޭގައި "ދައުވަތު" އާއި "އެ ދަތުރު" ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.