މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެނެސްދޭ ބިރުވެރި ފިލްމް "ސާޔާ"ގެ ޕޯސްޓަރު ތަކެއް އާންމުކޮށްފިއެވެ.
މީގެ ކުރިންވެސް ބިރުވެރި ފިލްމް ތަކެއް ބެލުންތެރިންނަށް ގެެނެސްދީފައިވައި ޔޫއްޕެ އަނެއްކާ އެ ޖޯންރާގެ ފިލްމެއް ގެނެސްދޭން ތައްޔާރު ވެފައި ވާއިރުގައި މި ފިލްމް ގެ ޕޯސްޓަރު ތަކުން މާބޮޑު އެއްޗެއް އެނގޭވަރެއް ނުވެއެވެ.
މި ފިލްމަކީ އޭނަގެ ސްކްރީންޕްލޭއަކަށް ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމްއެކެވެ. ޕްރޮޑިއުސަރު އިސްމާއީލް ޝަފީއުގެ ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމު ގެ ކާސްޓުގައި ހިމެނެނީ މިހާރު އެންމެ ނަގާ ކިޔާލާ ތަރިންނެވެ.
އެގޮތުން މި ފިލްމްގެ މުހިންމު ރޯލަކުން ޔޫއްޕެ ފެނިގެންދާއިރުގައި މައިގަނޑު ކާސްޓުން ފެނިގެންދާނީ މަޝްހޫރު ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އެވެ.
ޔޫއްޕެ އެންމެ ފަހުން ގެނެސްދިން ބިރުވެރި ފިލްމަކީ މިދިޔަ އަހަރުގެ "ކަޅަކި" އެވެ. އޭނަ ކުރިން ހެދި ބިރުވެރި ފިލްމުތަކުގެ ތެރޭގައި "ދައުވަތު" އާއި "އެ ދަތުރު" ހިމެނެ އެވެ.