ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު މަރުވި މައްސަލަ ތަހުގީގު ކުރަނީ

ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު މަރުވި މައްސަލަ ތަހުގީގު ކުރަނީ

Author
ހުސައިން
19 ޖޫން 2024 05:15
0

ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު މަރުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހޯމަދުވަހުގެރޭ (17 ޖޫން 2024), ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއްވަނީ ވަނީ ނިޔާވެފައިވާ ކަމަށާއި، މި ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެންދަނީ ތަޙުގީޤުކުރަމުން ކަމުގައެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވަނީ ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ނިޔާވި ކަމަށް ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ޚަބަރުތަކަކީ ސައްޙަނޫން ޚަބަރެއްކަމުގައެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ތިލަމާލެ ބްރިޖު ސައިޓުގައި ނިޔާވި ފަރާތުގެ ޢާއިލާއަށް މިނިސްޓްރީގެ ފަރާތުން ތަޢުޒިޔާ ރައްދުކުރާކަމަށް ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭގައި ބުރިޖު ސަރަހައްދުގައި ސަރަހައްދުން ބިދޭސީއަކު އަނބުރައިގަނެގެން ވެއްޓުމުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ގެންދިޔައިރުވެސް އެ މީހާގެ ފުރާނަ ނެތް ކަމަށެވެ.

މަރުވެފައިވަނީ، އިންޑިޔާގެ ފިރެހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ތިލަމާލެ ބުރިޖަކީ 500 މިލިއަން ޑޮލަރު ނުވަތަ 6.2 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެކެވެ. އޭގެތެރެއިން 100 މިލިއަން ޑޮލަރު ނުވަތަ 1.55 ބިލިއަން ރުފިޔާއަކީ އިންޑިއާގެ ހިލޭ އެހީކަމަށް ކުރީ ސަރުކާރުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.