ފުލުހުންގެ ސަފު ފޫއަޅުވާލައި، މަސްވެރިން ފެލިވަރުގެ އޮފީސްދޮށަށް އެއްވެއްޖެ

ފުލުހުންގެ ސަފު ފޫއަޅުވާލައި، މަސްވެރިން ފެލިވަރުގެ އޮފީސްދޮށަށް އެއްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 11:59
0

ފުލުހުންގެ ސަފު ފޫއަޅުވާލައި، މަސްވެރިން ފެލިވަރުގެ ތެރެއަށް ވަދެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިޚްތިޖާޖުގެ ބައިވެރިންވަނީ ފެލިވަރު ފަޅުތެރޭގައި ގިނަ އިރުތަކެއް ވަންދެން އިޚްތިޖާޖު ކުރުމަށްފަހު ފުލުހުން ޖެޓީ މަތީގައި ދަމާފައިވާ ޓޭޕްތައް ހުރަސްކޮށް ރަށު ތެރެއަށް ވަދެ، އޮފީސް ކައިރިއަށް ޖަމާވެފައެވެ. ގިނަ އަދަދެއްގެ މަސްވެރިން ފެލިވަރުގައި ހުންނަ މިފްކޯ އޮފީސް ކައިރީގައި އަޑު އުފުލާފައިވަނީ މަސްވެރިންގެ އަޑު އަހައި، މަސްވެރިންގެ ހައްގުތައް ކަށަވަރު ކުރުމަށެވެ.

މަސްވެރިންވަނީ އެސަރަައްދުގައި އަޑު އުފުލުމަށްފަހު އަނެއްކާވެސް އެބުރި ފުލުހުންގެ އިރުޝާދުގެ މަތީން މިހާރު ވަނީ ދޯނިތަކަށް ގޮސްފައެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ މިހާރުވެސް އަޑު އުފުލަމުންނެވެ. އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން މިފްކޯ އޮފީހުގެ ވެރިންނާއި ބައްދަލުކޮށް ހުށަހެޅާފައިވާ ކަންކަމުގެ ޖަވާބު ކުރިއަށް އޮތް 1 ގަޑިއިރުގެ ތެރޭގައި ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް މަސްވެރިޔަކު ވަނީ ބުނެފައެވެ.

ބައްދަލުވުމުގައި ބައިވެރިވި މަސްވެރިޔަކު ބުނެފައިވަނީ އެންމެ ބޮޑު ޑިމާންޑަކީ ރައީސް ޞާލިހުއާއި ބައްދަލު ކުރުންކަމަށެވެ. މީގެ އިތުރުންވެސް މަސްވެރިންނަށް ދިމާވެފައިވާ މައްސަަތައް ހައްލު ކުރުމަށް ހުށަހަޅާފައިވާކަމަށެވެ. މިފްކޯގެ ޖަވާބަކަށް މަސްވެރިން އިންތިޒާމު ކުރަމުންދާއިރު، މަސްވެރިން ބުނެފައިވަނީ ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބެނީ އިހުތިޖާޖު ހުއްޓާ ނުލާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.