ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް ދޫކުރާ ލޯނުތަކުގެ ބޮޑު ބައެއް ސެންޓްރަލް ކްރެޑިޓް ކާޑާއި މުދާ ގަތުމަށް ޕާސަނަލް ލޯނަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން އަންގާރަ ދުވަހު އާންމުކުރި އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ ދެ ޕަސެންޓް އިތުރުވެފަ އެވެ. މާޗް މަސް ނިމުނުއިރު އެ އަދަދު ހުރީ އަށް ޕަސެންޓުގަ އެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ މަސް ނިމުނުއިރު ޕާސަނަލް ލޯނުތައް 27 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މަރުކަޒީ ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި މި އިތުރުވުމުގެ ސަބަބަކީ ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމާއި މުދާ ގަތުމަށް ނަގާފައިވާ ލޯނުތައް އިތުރުވުމެވެ.
އޭގެ އިތުރުން ޓޫރިޒަމް، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް ދޫކޮށްފައިވާ ލޯނުތައް ވެސް މިދިޔަ މަހު އިތުރުވެފައިވާ ކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖޭގައި ހިންގާ ބޭންކުތަކުން އެކި ބާވަތުގެ ކުއްޔަށް ދޫކުރާ ވަސީލަތްތައް ތައާރަފްކޮށް ބައެއް ފަހަރު ކްރެޑިޓް ކާޑުގެ ޕްރޮމޯޝަންތައް ވެސް ދެ އެވެ.
ކޮމެންޓު ފޮނުވާ