ނަސްލު ކަށަވަރުކުރަން ޑީއެންއޭ ހެދުން ހަރާމްވާނެ އެއްވެސް ސަބަބެއް ނުވިސްނޭ ކަމުގައި ރައީސް ނަޝީދުގެ "ފޭކް ޓްވިޓާ" އެކައުންޓް އެލެކްސް އަހްމަދު އިން ބުނެފިއެވެ.
އެލެކްސް އަހުމަދުގެ ޓްވީޓުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ރާއްޖޭގެ އިސްލާމީ މައި އިދާރާ، ނުވަތަ އިސްލާމިކް މިނިސްޓްރީ އާއި އެނޫންވެސް ދީނީ އިދާރާތަކުން ނެރޭ ފަތުވާ އަބަދުވެސް ހުންނީ ހަރުކަށި ވިސްނުމުގެ ނަމުގައިކަމަށެވެ. ނަސްލު ކަށަވަރު ކުރުމަށް ޑީއެންއޭ ހެދުން ހަރާމްވާނެ ސަބަބެއް ނުވިސްނޭކަމަށް އެލްކްސް ކޮށްފައިވާ ޓްވީޓުގައި ބުނެފައެވެ.
Raajeyge Rasmee dheenee idhaaraa thakuge dheenee fathuvaa abadhuves mi hunanee harukashi visnumuge magugai. Naslu kashavaru kuran DNA heydhun haraan vaan vee ehves sababeh nuvisney.
— Alex Ahmed (@anedhivehirajje) December 21, 2020
ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމްގެ ބަހުސެއް ބޮޑުވެ ރާއްޖޭގެ ދީނީ ހުރިހާ އިލްމުވެރިން ކަހަލަގޮތަކަށް މިކަމުގައި ނެރެމުންދަނީ އެއްރައުޔެކެވެ. ނަމަވެސް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ ޒިނޭގެ ދެވައްތަރެއްގެ ކުށް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެއީ ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭކަމަށާއި އޭގެތެރެއިން ޤާނޫނީ ޒިނޭ ޑީއެންއޭ ހެކީގެ މައްޗަށް ބުރަވެ ސާބިތު ކުރެވޭނެ ކަމަށެވެ. މިމައްސަލައިގައި ޑީއެންއޭ ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ މިސްރާބު ހުރީ ދައުލަތުން ހުށަހެޅި ކަމާ ދިމާލަކަށް ނޫން ކަމަށާޢި އެމިސްރާބު ރަނގަޅުވިނަމަ، ޑީއެންއޭއާބެހޭ ގޮތުން ސުވާލެއް އުފެދޭނެ ޖާގައެއް ނޯތީސް ކަމަށް ޝަމީމް ވިދާޅުވިއެވެ
ޕީޖީގެ މިވާހަތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައިވަނީ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެފައި މިފަދަ ޝަރުއީ ލަފްޒްތަކުގު ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުން ކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އެ މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.
ކޮމެންޓު ފޮނުވާ