ކ. ތިލަފުށީގައި އޮތް އެޗްޑީސީގެ ބިމެއް ކަމަށްވާ ލޮޓް ނަންބަރު S8-F16/30230 ގައި ހުރި ތަކަތި ނެގުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.
އެޗްޑީސީއިން ބުނީ އެ ބިމަކީ އެ ކޯޕަރޭޝަނުން ބަޔަކަށް ކުއްޔަށް ދީފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގާ، އެ ފަރާތާއި ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތިލަފުށީ ލޮޓް ނަންބަރު S8-F16/30230ގައި ހުރި އުޅަނދުތަކާއި ތަކެތީގެ މައުލޫމާތު:
- ސަފާރީ – ރަޖިސްޓްރީ ނަންބަރު: 9496B-10 (10-T)
- ލޯންޗު – ރަޖިސްޓްރީ ނަންބަރު: P3690A-01 (10-T)
- ލޯންޗު – ރަޖިސްޓްރީ ނަންބަރު: P9408A-02 (10-T)
- ލޯންޗު – ރަޖިސްޓްރީ ނަންބަރު: C6193A-02 (10-T)
- ލޯންޗު – ރަޖިސްޓްރީ ނަންބަރު: C8490A-02 (10-T)
- ލޯންޗް – ނަން: ހަލީމް
- ލޯންޗު – ނަން: ލިޔޯ ފްލޭސް
- ލޯންޗު – ނަން: SA-001
- ބާޖް – ނަން: އިކިއުވީ ނޭވް – ރަޖިސްޓްރޭޝަން ނަންބަރު: C8340B-17 (10T)
- ޑެމޭޖް ހަލް: ރަޖިސްޓްރޭޝަން ނަންބަރު: C8490A-02 (10-T)
- ޑެމޭޖް ހަލް: ރަޖިސްޓްރޭޝަން ނަންބަރު: C3716A-02 (10T)
- އެސްކަވޭޓާ: ރަޖިސްޓްރޭޝަން ނަންބަރު: Cv1A C2264
- ޑަމްޕް ޓްރަކް
- 2 ކާރު/ ވޭން
- 2 ކޮންޓެއިނަރު
- ޓަޔަރުތަކެއް
- ހޮޅިތަކެއް
- ފިޔުލް ޓޭންކް
އެހެންކަމުން އެ އުޅަނދުތަކާއި ތަކެތީގެ ތެރެއިން އެއްވެސް އުޅަނދެއް ނުވަތަ ތަކެއްޗެއްގެ ވެރިފަރާތެއްވާނަމަ، މި ކޯޕަރޭޝަންގެ ކޯލް ސެންޓާ ހޮޓްލައިން 1516އަށް ގުޅާ މައުލޫމާތު ސާފުކޮށް 15 ދުވަހުގެ ތެރޭގައި (ޖޫން 9ގެ ކުރިން) އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ނެގުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.
އެޗްޑީސީއިން އިތުރަށް ބުނީ 15 ދުވަހުގެ ތެރޭގައި އެ ތަކެތި ނަގާފައި ނުވާނަމަ އެއީ ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދާއި ތަކެތި ކަމަށް ބަލާ، އެތަކެއްޗާމެދު އެޗްޑީސީއަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށެވެ.