އެކްސްޓްރޯ އެކައުންޓުގައި ހުރި ޔާމިންގެ ފައިސާގެ މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރު ކޮށްފި

އެކްސްޓްރޯ އެކައުންޓުގައި ހުރި ޔާމިންގެ ފައިސާގެ މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރު ކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައިވާ މައްސަލާގައި ޔާމީންގެ ފަރާތުން ބޭންކާއި އޭސީސީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ އެ މައްސަލާގެ ތަހުގީގު ނިމެންދެން 2018 ވަނަ އަހަރުން ފެށިގެން ބަހައްޓާފައިވަނީ ޔާމީނާއި އޭސީސީ ގުޅިގެން ހަދާފައިވާ އެސްކްރޯ އެކައުންޓެއްގަ އެވެ.

އެ ފައިސާ ހޯދުމަށް ޔާމީންގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. ނަމަވެސް ބޭންކުން ވަނީ އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެގޮތަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ނިންމުން ބޭންކުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނެވެ. އެހެންވެ, ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ބޭންކަށް އެބައޮތް ކަމަށާއި އަދި އެ މައްސަލާގައި ގާނޫނީ ބަހުސެއް އެބައޮތް ކަމަށެވެ. އަދި އެ މައްސަލާގައި އަމުރެއް ނެރެނުދީފިނަމަ ބޭންކަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުން ބޮޑުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެ އަމުރުގައިވެ އެވެ.

އެހެންކަމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރީ ކަމަށް އެ އަމުރުގައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *