ގައުމީ ތަރިކައިގެ ކޮލެޖްގެ ގާއިމްކުރުމުގެ މަސައްކަތް ފަހު މަރުހަލާއާއި ހަމައަށް ހިގައްޖެ

ގައުމީ ތަރިކައިގެ ކޮލެޖްގެ ގާއިމްކުރުމުގެ މަސައްކަތް ފަހު މަރުހަލާއާއި ހަމައަށް ހިގައްޖެ

Author
ހުސައިން
25 މެއި 2024 12:34
0

ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމްކުރުމުގެ ކަރުދާހީ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ އެ ކޮލެޖް ގާއިމް ކުރުމުގެ ކަރުދާހީ ހުރިހާ މަސައްކަތެއް ނިމި، މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ކޮލެޖު ގާއިމް ކުރުމަށް ހަމަޖައްސަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން ކަމުގައެވެ. އެގޮތުން އޭނާ ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ އެ ކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމުގެ މަސައްކަތް ކަމުގައެވެ.

ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު ގާއިމް ކުރުމުގެ މަސައްކަތް، އޭގެ ކަރުދާހީ މަސައްކަތް ނިމި، އެކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމާ ހިސާބުގަ މިހާރު އޮތީ. އަޅުގަޑުމެން އެ މަސައްކަތް ކުރަމުން އެބަގެންދަން.

އާދަމް ނަސީރު ވިދާޅުވިއެވެ.

ހަފްތާ 14ގެ މަގުޗާޓުގައިވާގޮތުން  ދިވެހި ގާއުމީ ތަރިކައިގެ ކޮލެޖު ގާއިމް ކުރުމުގެ މަސައްކަތް ފަށަން ތާވަލު ކޮށްފައި ވަނީ އެންމެ ފަހު ހަފުތާއަށެވެ. އެގޮތުން އެ ހަފުތާގައި އެ ކޮލެޖުގެ ސިގްނޭޗަރ ރިސާޗް ޕްރޮގްރާމްތައް އުފައްދައި، އޭގެ މުގައްރަރުތައް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. ގައުމި ތަރިކަ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރިކަން އޮތް ޖީލެއް ބިނާކުރަން މަސައްކަތްކުރުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.