މާލޭގެ ފަހާތަނަކުން ފައިސާތަކެއް ވަގަށްނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ވީޑިއޯއާއިއެކު ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި ސޯސަންމަގު އިބްރާހިމް މިސްކިތް ކައިރީގައި ހުރި ފަހާތަނަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ