މާލޭގެ މަގަކަށް ”ފަލަސްތީނު ހިނގުން" ކިޔަން ސިޓީ ކައުންސިލުން ތާއީދު ކޮށްފި

މާލޭގެ މަގަކަށް ”ފަލަސްތީނު ހިނގުން" ކިޔަން ސިޓީ ކައުންސިލުން ތާއީދު ކޮށްފި

Author
ހުސައިން
24 މެއި 2024 01:03
0

މާލޭގެ މަގަކަށް ” ފަލަސްތީނު ހިނގުން ” ކިޔުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ހުށައަޅުއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 146 ވަނަ ރަސްމީ އާއްމު ޖަލްސާގައި އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ނަން  ނުކިޔާ ދެ މަގެއް އޮތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ޖަލްސާގައި އެތަނުން މަގަކަށް ” ފަލަސްތީނު ހިނގުން ” ކިޔަން ފެނޭތޯ ވަނީ ސުވާލުކޮށްފައެވެ. އަދި ފަލަސްތީންއަކީ އެންމެހާ ފަރާތްތަކުގެ ހިތާ ގުޅިފައިވާ ތަނެއްކަމަށް ވަނީ ވިދާޅު ވެފައެވެ.

“ފަލަސްޠީނަކީ އަޅުގަނޑުމެންގެ ހިތާއި ވަރަށް ގުޅިފައި ހުރި ތަނެއް. އެހެންވީމާ، އަޅުގަނޑުމެންގެ މަގަކަށް ފަލަސްތީނު ހިނގުން ނަމަވެސް ނަމެއް ކިޔަން ފެނޭތޯ ކިހިނެއްތޯއޭ ފެނިވަޑައިގަންނަވަނީ،” އާޒިމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ގަލޮޅު އުތުރުގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެ ބަޔަކަށް މުހިންމުވާ މީހުންގެ ޒިކުރާ އާ ކުރާ ކަމުގައެވެ. އަދި މޭޔަރުގެ ހުށައެޅުމަކީ ރަނގަޅު ނިންމުވުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ކުށެއްނެތް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. އެގޮތުން ނިމިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 35،709 ( ތިރީސްފަސްހާސް ހަތްސަތޭކަ ނުވައެއް ) މީހުން ވަނީ ޝަހީދުކޮށްލާފައިވާއިރު 79،990

( ހަތްދިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ )މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.