އުތުރާއި މެދު ރާއްޖޭތެެރޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާކޮށް ޔެލޯ އެލަޓް އެނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް ހެނދުނު 13:00 އިން ފެށިގެން ހަވީރު 17:00 އަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއެވެ.
އުތުރާއި މެދު ރާއްޖޭތެެރޭގައި އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 3 ފޫޓައި 6 ފޫޓާއި ދެމެދުގައި ހުންނާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުނ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައިކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ދެކުނުގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.
ކޮމެންޓު ފޮނުވާ