ހުޅުމާލޭގައި ދިވެއްސަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ދިވެއްސަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

Author
ހުސައިން
22 މެއި 2024 10:47
0

ތޫނު އެއްޗަކުން ދިވެއްސަކަށް ހަމަލާދިން ބިދޭސީއަކު މިއަދު ހުޅުމާލޭގައި ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ލަންސިމޫ މަގުގައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ލިބުމާ އެކު އަނިޔާލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އަނިޔާލިބުނު މީހާގެ އަތުގައި ޒަހަމްތަކެއް ހުރި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެ ބިދޭސީ މީހާ ހައްޔަރުކޮށް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.