މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ހުސެއިން ޝިފާޒު ސަސްޕެންޑްކޮށްފިއެވެ. އޭނާ ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރު ވެފައިވި ނަމަވެސް، އޭނާ މަސައްކަތަަށް ނުނިކުމެ ގޭގައި މަޑުކުރަން އެންގި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީގެ 3 ޑެޕިއުޓީ މިނިސްޓަރުންކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑް ކޮށްފައެވެ. މުސާރަ ހިނގާގޮތަށް އެމީހުން ސަސްޕެންޑް ކޮށްފައިވަނީ އިންޑިއާގެ ވެރިންނަށް ފާޑު ކީ މައްސަލައެއްގައެވެ. އެމީހުންގެ ސަސްޕެންޝަން އުވާލިކަން އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުން އިސް މަގާމްތަކުގައި ތިއްވެސް ބައެއް ބޭފުޅުން މަގާމުން ފަހަކަށް އައިސް ވަކިކުރަމުންދާއިރު، ބައެއް ބޭފުޅުންވަނީ އިސްތިއުފާ ދެއްވާފައެވެ. އެގޮތުން މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއަރޕާސަންވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.