ސިންގަޕޯރ އެއަރލައިންސް ފްލައިޓެއް ”އެއަރ ޓާބިއުލަންސް”އެއްގައި ޖެހި އެކަކު މަރުވެއްޖެ

ސިންގަޕޯރ އެއަރލައިންސް ފްލައިޓެއް ”އެއަރ ޓާބިއުލަންސް”އެއްގައި ޖެހި އެކަކު މަރުވެއްޖެ

Author
ހުސައިން
21 މެއި 2024 04:34
0

ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ސިންގަޕޯރ  އެއާލައިންސްގެ ފްލައިޓެއް ”އެއަރ ޓާބިއުލަންސް”އެއްގައި ޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ސިންގަޕޫރަށް ދަތުރުކުރި ބޮއިންގް 777-300އީއާރު ބެންކޮކަށް ޑައިވަރޓްކޮށް ޖައްސާފައި ވަނީ ލޯކަލް 15:45 (ޖީއެމްޓީ 08:00) ގައެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓް އެސްކިއު 321 ގައި ޖުމްލަ 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ދަތުރުކުރަމުން ދިޔަ ކަމަށެވެ.
"ސިންގަޕޫރު އެއާލައިންސް އިން މަރުވި މީހާގެ އާއިލާއަށް އެންމެ ފުންމިނުން ތައުޒިޔާ ކިޔަން،" އެ އެއާލައިންގައި ބުނެފައިވެ އެވެ.
އެ އެއާލައިނުން އިތުރަށް ބުނީ ފަސިންޖަރުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބެންކޮކަށް ޓީމެއް ފޮނުވަމުންދާ ކަމަށެވެ.
ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމްބިއުލާންސްތަކާއި އިމަޖެންސީ ޓީމުތައް ސުވަރނަބޫމީ އެއާޕޯޓަށް ފޮނުވާފައެވެ .
”އެއަރ ޓާބިއުލަންސް”ގަައި ޖެހި މީހަކު މަރުވާން ދިމާވީ ފްލައިޓުގައި ސީދާ ކޮން ކަމެއް ހިނގައިނކަމެއް އަދި ސާފެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.