ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލޭގެ ފްލެޓް 62 ން 82 ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމށް ސްޓެލްކޯއިން ބުނެފިއެވެ.
އަދި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މައްޗަންގޮޅި ދިލްބަހާރު މަގު، ކުދީނާ ގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި، ދިލްބަހާރުމަގު ހަނި ގޯޅި، ކުރިކީލަ މަގު، ޗާންދަނީ މަގު، އަދި ދެވިނަ މަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 ން 11:30 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.
ކޮމެންޓު ފޮނުވާ