ގެއްލުނު ބިދޭސީ މީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ބިދޭސީ މީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ގުޅުންހުރި

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ގެއްލުނު ބިދޭސީ މީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މީގެ ކުރިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ މިއަދު 15:30 ހާއިރު ކަމަށެވެ. އަދި މިހާރު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ބިދޭސީ މީހާ މޫދަށް ފޭބި ކަޔަކް ބޯޓު ހިއްސާކޮށްފައެވެ.

"ފޮޓޯއިން އެފެންނަ ކަޔަކް ބޯޓަކީ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ގެއްލިގެން ހޯދަމުންދާ މީހާ ދަތުރުކުރި ކަޔަކް ބޯޓު،" އެ ޕޯސްޓުގައި ފުލުހުން ބުންޏެވެ.

އެ މީހާއާއި އެ ކަޔަކް ބޯޓު ފެނިއްޖެނަމަ 3322111އަށް ނުވަތަ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6842557 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އެ މީހާ އެންމެ ފަހުން ފެނިފައި ވަނީ ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުއްޓައެވެ.

މީގެ ކުރިން ފުލުހުން ބުނީ އެ މީހާއަކީ ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގެލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ