އީދު ބަންދުގައި ބޭންކްތައް ހުޅުވާނީ ޖޫން 18ގައި

އީދު ބަންދުގައި ބޭންކްތައް ހުޅުވާނީ ޖޫން 18ގައި

Author
ޙަސަން މުޙައްމަދު
18 މެއި 2024 09:06
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމަވާފައިވާ ގޮތަށް، އަޟްހާ އީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ބޭންކްތައްހުޅުވާނެ ދުވަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއުލާން ކޮށްފިއެވެ.

އަންނަ މަހު އަންނަ ބޮޑު އީދާއި ގުޅިގެން ހަތަރު ދުވަސް ބަންދު ވާނެއެެވެ. އެއީ ޖޫން 16 އިން 20 އަށެެވެ.

އެމްއެމްއޭއިން ވިދާޅުވީ، ޖޫން މަހުގެ 18 ވަނަ ދުވަހު އެމްއެމްއާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއެމްއޭ އިން ވިދާޅުވިގޮތުގައި މި ދުވަހު ބޭންކިން ހިދުމަތާއި، ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށެވެ.

އަދި ބޭންކިން ހިދުމަތް ދެމުން ދާނީ މިހާރުވެސް ކުރިއަށްގެންދާ ގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.