"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޓްރެއިލާ ދައްކައިލައިފި

"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
16 މެއި 2024 11:15
0

"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ ދެމަފިރިންގެ ގޮތުގައި ކާމިޔާބު ކްރިކެޓް ކުޅުންތެރިންނަށް ވާން ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން ކުރަން މަސައްކަތް ދައްކުވައި ދޭނެ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާފައިވާ ރޮމޭންޓިކް ސްޕޯޓްސް ޑްރާމާއެކެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

 

މި ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންއެވެ. "މިސްޓަ އެންޑް މިސިޒް މާހީ" ގެ ޑައިރެކްޓަރަކީ ޝަރަން ޝަރުމާ އެވެ. އޭނައާ އަކީ ޖާންވީއާ އެކީ 2020 ގެ ބައޮގްރަފިކަލް ޑްރާނާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެނެސްދިން ޑައިރެކްޓަރެވެ.

"މިސްޓަ އެންޑް މިސިޒް މާހީ" އަކީ ރާޖާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިންގެ ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާ 2021 ގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.