އޫރެއްގެ ކިޑްނީ ލައްވައިގެން ދުނިޔޭގައި ދިރިއުޅެމުންދިޔަ ފުރަތަމަ މީހާ މަރުވެއްޖެ

އޫރެއްގެ ކިޑްނީ ލައްވައިގެން ދުނިޔޭގައި ދިރިއުޅެމުންދިޔަ ފުރަތަމަ މީހާ މަރުވެއްޖެ

ގުޅުންހުރި

އޫރެއްގެ ކިޑްނީ ލައްވައިގެން ދުނިޔޭގައި ދިރިއުޅެމުންދިޔަ ފުރަތަމަ މީހާ މަރުވެއްޖެއެވެ.

އުމުރުން 62 އަހަރުގެ ފިރިހެންމީހާ މަރުވެފައިވަނީ ޖެނެޓިކް ބަދަލުތައް ގެނެސްފައިވާ އޫރުގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދި ދުނިޔޭގެ ފުރަތަމަ ދިރިހުރި މީހާގެ ޝަރަފު ހޯދިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ރިކް ސްލޭމަން ކިޑްނީ ބަދަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު، އޭނާއަށް ކިޑްނީގެ ފަހު މަރުހަލާގެ ބައްޔެއް ޖެހިފައިވާކަން އެނގުމުންނެވެ.

ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ޓްރާންސްޕްލާންޓްގެ ސަބަބުން ކަމަށް އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން، ހަތަރު ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު މެސެޗޫސެޓްސް ސްޓޭޓްގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ސްލޭމަން ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ސާޖަރީއަށް ފަހު ޑޮކްޓަރުން ބުނީ އާ ކިޑްނީއާ އެކީ އެތައް އަހަރެއް ވަންދެން އޭނާއަށް ދިރި އުޅެވޭނެ ކަމުގައެވެ. އެހެންނަމަަވެސް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ކުރާ ޓްރާންސްޕްލާންޓްތަކުގައި ނޭނގޭ އެތައް ކަމެއް އެބަހުރި ކަމަށް ގަބޫލުކުރާ ކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ސްލޭމަން އަކީ ހޮސްޕިޓަލުގެ ޓްރާންސްޕްލާންޓް ޕްރޮގްރާމުގައި 11 އަހަރު ވަންދެން އުޅެފައިވާ ބަލި މީހެއް ކަމަށް އޭނާ މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވެ އެތައް އަހަރެއް ވަންދެން ދިރިއުޅުމަށް ފަހު 2018 ވަނަ އަހަރު އޭނާ އަށް ކިޑްނީ އެއް ލިބުނީ އިންސާނެއްގެ ފަރާތުންނެވެ. އެހެންނަމަވެސް އޭގެ ފަސް އަހަރު ފަހުން ކިޑްނީ ފެއިލްވުމުގެ އަލާމާތްތައް ފެންނަން ފެށުމުން 2023 ވަނަ އަހަރު އޭނާވަނީ އަލުން ޑައިލިސިސް ހަދަން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ