އެމްޕީއެލްގެ ޚަރަދުގައި ހައްޖަށް ދާ 5 މުވައްޒަފުންނާއި ލިޔުން ހަވާލު ކޮށްފި

އެމްޕީއެލްގެ ޚަރަދުގައި ހައްޖަށް ދާ 5 މުވައްޒަފުންނާއި ލިޔުން ހަވާލު ކޮށްފި

Author
ހުސައިން
12 މެއި 2024 08:30
0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި އެވެ.

އެމްޕީއެލްއިން ބުނީ، އެ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާއި، އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާ މުވައްޒަފުންނަކީ:

1- އިލްޔާސް މުޙައްމަދު: އެސިސްޓަންޓް އެކްޒެކުޓިވް

2- އަޙްމަދު ރަޝާދު: ސްޕެޝަލިސްޓް އިންޖިނިއަރ

3- އަޙްމަދު އުންމީދު: ސަރވިސް އިންޖިނިއަރ

4- މުޙައްމަދު ނަބީލް: އޮޕަރޭޝަންސް އެގްޒެކުޓިވް

5- ޒަކަރިއްޔާ އިބްރާހީމް: ލީޑް އެގްޒެކުޓިވް

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 5 މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ. އަދި އުމްރާގެ އަޅުކަމަށް 3 މުވައްޒަފުން ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.