19 ވަނަ މަޖިލިސް ނިމެން 3 ހަފްތާއަށް ވެފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު މެމްބަރުކަމުން އިސްތިއިފާ ދީފައިވާކަމަށް އޭނާ ބައެއް މިޑިއާތަކަށް މަުލޫމާތު ދިން ނަމަވެސް. ޖާބިރުއޭނާގެ އިސްތިއުފާގެ ސިޓީއެއް ލިބިފައި ނުވާކަމަށް މަޖިލީހުން ބުނެފިއެވެ.
ޖާބިރު މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދިންކަން ހާމަކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
މިހާރު ކުރިޔަށްދާ 19 ވަނަ މަޖިލިހުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އާ މަޖިލިސް ހުވާ ކުރާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިހަށް ޖާބިރު އިންތިޚާބު ވެފައެއް ނުވެއެވެ.
ޖާބިރު ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ. އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތީ ފާއިތުވި ރިޔާސީ އިންތިޚާބަށް ގާތް ވެފައި ވަނިކޮށްވެ. އެހެންނަމަވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އޭނާ ޕާޓީން ވަކިކޮށް، އޭނާ ކާމިޔާބުކުރި އެޕާޓީގެ ޕްރައިމަރީ ޓިކެޓް އަތުލަން ނިންމުމާއި ގުޅިގެން ކާށިދޫ ދާއިރާއަށް އޭނާ ވާދަކޮށްފައިވަނީ އަމިއްލަ ގޮތުންނެވެ.
ޖާބިރު ހިމެނިގެން ދިޔައީ 19 ވަނަ މަޖިލިހުގައި އޭނާ ތަމްސީލު ކޮށްފައިވާ ގޮތުން ގިނަބައެއްގެ ފާޑު ކިއުން އަމާޒުވި އަދި ގިނަ ބައެއްގެ ޝައުގެވެރިކަންވެސް ލިބިގެންދިޔަ މެމްބަރެއްގެ ގޮތުގައެވެ.