އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިއުއެސްސީއަށް 76.2 މިލިޔަން ރުފިޔާގެ ފައިދާއެއް

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިއުއެސްސީއަށް 76.2 މިލިޔަން ރުފިޔާގެ ފައިދާއެއް

Author
ހުސައިން
05 މެއި 2024 07:34
0

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިއުއެސްސީއަށް 76.2 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 76.2 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. މިއީ 40.3 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެމްޑަބްލިޔުއެސްސީގެ އާމްދަނީ ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 369 މިލިޔަން ރުފިޔާ، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 334 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 334 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެމްޑަބްލިއުއެސްސީއަށް ލިބިފައިވާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 95 މިލިޔަން ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.