4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

Author
ހުސައިން
04 މެއި 2024 04:21
0

4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހެއްގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރު ކޮށްފައިވަނީ މއ. ސޭބުގޭ، މުހައްމަދު ހަސަން (36އ) އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ވިޔަފާރީގައި ބޭނުންކުރާ އާލާތްތަކާއިއެކުއެވެ.

މުހައްމަދު ހަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކުރިމިނަލް ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލިހުގައި ގިނަ ހެކިތަކެއް ހުށަހަޅަމުން ފުލުހުން ބުނެފައިވަނީ އޭނާގެ އެޕާރޓްމަންޓުން އެކި ބާވަތުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާކަމުގައެބެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ ގިނަ ބަޔަކުވެގެން މަސްތުވާތަކެތީގެ ވިޔަފާރު ކުރަމުންދާ އެޕާޓްމަންޓެއް ކަމަށާއި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.