ޕެލޭގެ ރެކޯޑާ މެސީ އަރާ ހަމަކޮށްފި

ޕެލޭގެ ރެކޯޑާ މެސީ އަރާ ހަމަކޮށްފި

Author
އިބްރާހީމް ސާޢިދު
20 ޑިސެމްބަރ 2020 12:18
0

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ 2-2 އިން ބާސެލޯނާ އެއްވަރުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާ އެކު، އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާ އޭނާ ހަމަކޮށްފި އެވެ.

ބްރެޒިލްގެ ސަންތޯސް 1956-1974 އަށް ޕެލޭ 656 މެޗުން ޖެހި 643 ގޯލުގެ ރެކޯޑާ މެސީ ހަމަކުރީ 748 މެޗުންނެވެ. އިތުރު އެންމެ ގޯލަކާ އެކު މެސީ އަށް ޕެލޭގެ ރެކޯޑް މުގުރާލެވޭނެ އެވެ.

މެސީ ބާސެލޯނާ އަށް 643 ވަނަ ލަނޑު ޖަހައިދެނީ – ފޮޓޯ: ބާސެލޯނާ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކެރިއަރުގައި ވަނީ 700 ވަނަ ގޯލް ހަމަކޮށްފައެވެ. މިހާތަނަށް 700 ގޯލު ހަމަކޮށްފައިވަނީ ހަތް ކުޅުންތެރިއެކެވެ. އޭގެތެރެއިން މިހާރު ކުޅެމުން އަންނަނީ މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ 726 ގޯލު ޖަހައިފަ އެވެ.

އެންމެ ގިނަ ގޯލު ޖެހި ލިސްޓުގެ ކުރީގައި އޮތީ ޗެކް-އޮސްޓްރިއަންގެ ކުރީގެ ތަރި ޖޯސެފް ބިކޭން އެވެ. އޭނާ ވަނީ ކެރިއަރުގައި 805 ގޯލު ޖަހާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.