ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލު ކޮށްފި

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލު ކޮށްފި

Author
ހުސެއިން
30 އޭޕްރިލް 2024 10:36
0

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު ފޮރިން މިނިސްޓްރިއަށް ބަދަލުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އޭނާ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް ބަދަލު ކޮށްފައިވަނީ ފާއިތުވި ހަފްތާ ތެރޭގައެވެ.

އޭނާ މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އެމިނިސްޓްރީގައި އެޑްވައިޒަރެއްގެ ގޮތުގައި، މިނިސްޓަރުންގެ ފެންވަރުގައި އިތު ބޭފުޅަކުވެސް ހުންނަވައެވެ. އެއީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުއެވެ.

މި ސަރުކާރުގެ ތަރުޖަމާންކަމަށް ހަމަޖެއްސެވި ކުރީގެ ނޫސްވެރިޔާ ޝަހީބުވެސް ތަރުޖަމާންކަމުން ވަކިކުރުމަށްފަހު ކުރިން ހަމަ ޖައްސަވާފައިވަނީ ފޮރިން މިނިސްޓްރީގެ މަގާމަކަށެވެ. އޭނާ ހަމަޖެއްސެވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.