ރޯދަ މަހު އުރީދޫއިން ގެނައި ހަދިޔާ ފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމް ހަވާލު ކޮށްފި

ރޯދަ މަހު އުރީދޫއިން ގެނައި ހަދިޔާ ފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމް ހަވާލު ކޮށްފި

Author
ހުސެއިން
26 އޭޕްރިލް 2024 06:25
0

ނިމިގެން މިދިޔަ ރޯދަ މަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނަށް ގެނެސްދިން ހަދިޔާ ފޮށިން އިނާމުތައް ހާސިލްކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮފި އެވެ.

އުރީދޫ ހެޑްކުއާޓާޒްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއަޔާތުގައި، ހަދިޔާ ފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލްކުރި އަހްމަދު ފަޔާޒަށް ވެސް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި އިނާމާ ހަވާލުވީ މަލީހު މުހައްމަދެވެ.

އިނާމުތަކުގެ ތެރޭގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާ ހިމެނެ އެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް، މީގެ އިތުރުން ގިނަ އިނާމުތަކެއް މި އަހަރުގެ ހަދިޔާ ފޮށީގައި ހިމެނުނެވެ.

"މި އަހަރުގެ ހަދިޔާ ފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ! މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް. ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށް ވެސް ކާމިޔާބު ކަމާއެކު" އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވި އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.