މަދުވެގެން 30 ގޮނޑި ޑިމޮކްރެޓްސްއަށް ދޫކޮށްލައޮފިނަމަ އެމްޑީޕީއާ އެއްވާން ތައްޔަރަށް ހުންނެވިކަމަށް ޑިމޮކްރެޓްސްގެ ފައުންޑަރ ނަޝީދު ވިދާޅުވެެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝިފާޒްގެ ކެމްޕޭނުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ކެމްޕޭނު ބައްދަލުވުުގައި ނަޝީދު ވިދާޅުވީ، ހަގީގަތުގައި ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވަން ކަމަށެވެ. މި ދައުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން ދުވަހަކުވެސް ހުއްޓާނުލައްވާނެ ކަމަށެވެ.
89 ގޮނޑީގެ ވޯޓުވެސް އަޅުގަނޑުވެސް އަޅުގަނޑަށް ދެއްވާށޭ.
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅިވީ 20 ވަނަ މަޖިލީހުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ވޯޓު ވިއްކާލަނެ ބަޔަކަށް ވޯޓު ދީފިނަމަ މިއަދާ ހަމަޔަށް ކުރެވުނު މަސައްކަތް ބީވެގެން ހިނގައިދާނެ ކަމެވެ.
ނަޝީދު ވިދާޅުވީ ޑިމޮކްރެޓުންގެ ކެންޑިޑޭޓުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވި ޑިމޮކްރެޓުންނާ އެމްޑީޕީއާ އެކުވާން ސަޕޯޓަރުން ބޭނުންވާ ކަމަށެވެ. އެއަށް ފަހު ވިދާޅުވެދެއްވީ އެކަން ކުރެވެން އޮތް ގޮތެވެ.
އެމްޑީޕީ އެއްވާން އޮތީ މަދުވެގެން 30 ގޮނޑި ޑިމޮކްރެޓުންނަށްދީގެން.
ނަޝީދު ވިދާޅުވިއެވެ.