މެޑަމް ފާތުން މަގުމައްޗަށް ނުކުތްނަމަ ހައްޔަރު ކުރަން ފުލުހަށް އެންމެ ފުރަތަމަ އެންގީހީ ޕީޕީއެމް އޮފީސް ތެރެއިން: ޔާމިން

މެޑަމް ފާތުން މަގުމައްޗަށް ނުކުތްނަމަ ހައްޔަރު ކުރަން ފުލުހަށް އެންމެ ފުރަތަމަ އެންގީހީ ޕީޕީއެމް އޮފީސް ތެރެއިން: ޔާމިން

Author
ޙަސަން މުޙައްމަދު
15 އޭޕްރިލް 2024 01:23
0

ރައީސް ޔާމިން މިނިވަން ކުރަން، ރައީސް ސާލިހުގެ ވެރިކަމުގައި އޭރު ޕީޕީއެމްއިން މަގުމަތީގައި ކުރި މުޒާހިރާތަކުގައި މެޑަމް ފާތުން ހަރަކާތްތެރިވިނަމަ، އެކަމަނާ ހައްޔަރުކުރަން އެންމެ ފުރަތަމަ ފުލުހުންނަށް އެންގީހީ ޕީޕީއެމްގެ އޮފީސް ތެރެއިން ކަމުގައި ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން އަލަށް އުފެއްދެވި ޕީއެންއެފްގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ އާއިލާގެ ފަރާތުން އެހެން މީހުންނަށް މައުލޫމާތު ފޯރުކޮށްދޭން ތިބީ ދެ ބޭފުޅަކު ކަމަށާއި، އެއީ ދޮށީ ދަރިކަރުން ޒޭންއާއި އަބިކަނބަލުން ފާތުން ކަމުގައެވެ. އަދި ރައީސް ޔާމިން ވިދާޅުވީ އެ ދެބޭފުޅުން މަގުމައްޗަށް ނިކުތްނަނަމަ އެ ދެބޭފުޅުން ހައްޔަރު ކުރަން އެންމެ ފުރަތަމަ އެންގީހީ ޕީޕީއެމް އޮފީސްތެރެއިން ކަމުގައެވެ.

އަޅުގަޑު ޖަލުގަ ހުންނައިރު އަޅުގަޑުގެ އާއިލާގެ ފަރާތުން އަޅުގަޑުމެން ރަހުމަތްތެރިން ކައިރިއަށް، އަޅުގަޑުމެންނަށް ހެޔޮއެދޭ ބޭރުގެ ސަރުކާރުތައް ކަމަށްވިޔަސް ދާން، ވާހަކަ ބުނަން ތިބީ ދެމީހަކު. އެއީ އަޅުގަޑުގެ ދޮށީ ދަރިފުޅު ޒޭން، ދެން އަޅުގަޑުގެ އަންހެނުން ފާތުމަތު. އެހެންވީމަ މި ދެމީހުން މަގުމައްޗަށް ނުކުތުއްޔާ ހަމަ މިތާ އެތެރެއިންނޭ އަންނާގީ އެންމެ ފުރަތަމަ ހިފާ ހައްޔަރުކުރަން ޖެހޭނީ މި މީހުންކަމަށް.

ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް ޕީއެންސީ މީހުން ނުކުރި ކަމެއްގެ ވާހަކަ އާއިލާގެ ބޮލުގައި އެޅުވުމުގެ ބޭނުނެއް ނޫންކަމުގައެވެ. އަދި ވަނީ އަބުދުއްރަހީމަށް ސިޔާސީ މަގާމްތަކެއް ލިބުނީ އަބުދުއްރަހީމްގެ އަންހެނުންނާއި ދަރިން މަގުމަތީ މުޒާހިރާ ކޮށްގެންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމިން ރައްދު ދެއްވާފައިވަނީ، ރައީސް ޔާމިން މިނިވަން ކުރުމަށް ކުރިޔަށްދިޔަ މުޒާހަރާތަކަށް ރައީސް ޔާމިންގެ އަނބިކަބަލުން މެޑަމް ފާތުން ނިކުންނަވާފައި ނުވާކަމަށް ވިދާޅުވެ އަބުދުއްރަހީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.