"މިސްޓަ އެންޑް މިސިޒް މާހީ" ލަސްވެއްޖެ

"މިސްޓަ އެންޑް މިސިޒް މާހީ" ލަސްވެއްޖެ

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2024 11:04
0

ބޮލީވުޑްގެ ޒުވާން ދެތަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ފިލްމު "މިސްޓް މިސިޒް މާހީ" އަންނަ މަހަށް ފަސްކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މި މަހުގެ 19 ގަ އެވެ. ނަމަވެސް އެ ސްޓޫޑިއޯ އިން މިހާރު ވަނީ އަންމަ މަހުގެ 31 އަށް ފިލްމު ފަސްކުރިކަން އިއުލާންކޮށްފަ އެވެ.

އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ އިތުރުން ރާޝީ ކަންނާގެ އެކްޝަން ތުރިލާ "ޔޯދާ" އެވެ.

ޝަރަން ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންއެވެ. މި ފިލްމަކީ ކްރިކެޓް ކުޅޭ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

”މިސްޓަ އެންޑް މިސިޒް މާހީ“ އަކީ ޖާންވީ އާއި ރާޖް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ ”ރޫހީ“ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.