އީދަށް ރަށްރަށަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ އެސެޓްގެ ގޮތުގައި ހަމަޖައްސަން ނިންމައިފި އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމާއެކު އިދާރީ މަސައްކަތްތައް ފަށާނެ ކަމަށެވެ.
އަދ ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި އެ ތަކެތީގެ މިލްކުވެރިކަން ބަދަލުކުުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު މިނިސްޓްރީން ހިއްސާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އިންވެންޓަރީގައި އެތަކެތި ހިމެނުމަަށްފަހު ގައުމީ/އިޖުތިމާއީ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ.
ވަޒީރު ވިދާޅުވި އެވެ.
މިފަހަރުގެ ފިޡުރު ޢީދުގެ މުނާސަބަތާއި ދިމާކޮށް މާލެއާއި ސިޓީތައް އަދި އަތޮޅުވެރިކަން ކުރާ ރަށްތައް "އީދު އަލި"ން ސަރުކާރުން ވަނީ ދިއްލާލާފައެވެ. މާލެއާއި ސިޓީތައް އަދި އަތޮޅުވެރިކަން ކުރާ ރަށްތައް ރަސްމީކޮށް "އީދު އަލި"ން ދިއްލާލުން އިފްތިތާހު ކޮށްދެއްވީ އެކަމަށް ޚާއްސަކޮށް ޖުމުހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް މުއިއްޒުއެވެ.
މި ފަހަރު އީދަށް ލައިޓުތަކުން ދިއްލާލިއިރު ތަކުބީރުގެ އަޑުން ވެސް އީދުގައި ވަނީ ގުގުމާލައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ފިތުރު އީދާއި އަޟްހާ އީދުގައި ހުރިހާ ސިޓީތަކަކާއި ވެރިކަން ކުރާ ރަށްތަކުގައި ބޮކި ދިއްލައި ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑުން ގުގުމާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަ ކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި، 2023 ވަނަ އަހަރު އޮކްޓޯބަރ 3 ވަނަ ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖޭގައި އިސްލާމް ދީން އޮތުމުގެ މުހިންމު ކަން ކަމަށެވެ.
ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނަށް ލޯބި ކުރާ ދިވެހި ގައުމުގައި އިސްލާމް ދީނަށް ނަސްރުދޭ، އިސްލާމީވަންތަކަން ދިރުވައި އާލާ ކުރާ މުޖުތަމައުއަކަށް ހަދަން ކޮންމެ ބޭފުޅަކު ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.