މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ ބާވަތެކެވެ. ކުކީ ކޭކް އަކީ ނޯ ބޭކް ކޭކްއެކެވެ. އެހެން ކަމުން މި ކޭކް އަކީ މާގިނަ އިރެއް ނުވެ ތައްޔާއްރު ކޮށްލެވޭނެ އެއްޗެކެވެ.
ބޭނުން ވާނެ ތަކެތި:
- 1 ޕެކެޓް ޗިޕްސްމޯ ޗޮކްލެޓް ބިސްކޯދު
- 2 ޖޯޑު ވިޕްޑް ކްރީމް
- 1 ޖޯޑު މިކްސްޑް ނަޓްސް (ޗޮޕްކޮށްފައި)
- 1 ޖޯޑު ޗޮކްލެޓް ސިރަޕް
ތައްޔާރު ކުރާނެ ގޮތް:
ޓްރޭގެ ފުލުގައި ވަރަށް ތުނި ކޮށް ވިޕްޑް ކްރީމްގެ ލޭއާއެއް އުގުޅައިލާށެވެ. ދެން ނަޓްގެ އެތިކޮޅެއް ބުރުވައިލާށެވެ. އެއަށް ފަހު ބިސްކޯދު ތަށް އެއްވަރަކަށް އަތުރައިލާށެވެ. ދެން ވިޕްޑް ކްރީމްގެ ލޭއާ އެއް އަޅާލާށެވެ. އެއަށް ފަހު ނަޓްސް ގެ އެތިކޮޅެއް ބުރުވާލާށެވެ. ދެން އަނެއް ކައިވެސް ވިޕްޑް ކްރީމްގެ ލޭއާއެއް އަޅައިލުމަށް ފަހު ބިސްކޯދު އަތުރައިލާށެވެ. އެއަށް ފަހު ވިޕްޑް ކްރީމް ގެ ބަކީ އެއްކޮށް އަޅައިލާށެވެ. އެއަށް ފަހު ބާކީ ހުރި ނަޓްސް ކޮޅު އަޅައިލާށެވެ. ދެން އެންމެ މައްޗަށް ޗޮކްލެޓް ސިރަޕް ކޮޅު އަޅައި ލުމަށް ފަހު ގަނޑު ކުރާ ބައިގައި ސެޓް ކުރުމަން ބައިންދާށެވެ.
ކޮމެންޓު ފޮނުވާ