ބިސްކަޓް ފަޖް އަކީ މާރީ ބިސްކޯދުން ތައްޔާރު ކުރާ ފޮނި ބާވަތަކެވެ. މާރީ ބިސްކޯދު އަކީ ތަފާތު ގިނަ ފޮނި ކާތަކެތި ހެދުމަށް ބޭނުން ކުރާ ބިސްކޯދެކެވެ. ރާއްޖެގެ އެކި ކަންކޮޅު ތަކުން މި ބިސްކޯދު ފަސޭހަ ކަމާއި އެކުގައި ލިބެއެވެ.
ބޭނުން ވާނެ ތަކެތި:
- މާރީ ބިސްކޯދު ބޮޑިއެއް
- 200 ގްރާމްގެ ކުކިންގ ޗޮކްލެޓް
- 1/3 ޖޯޑު ކޮކޯ
- 2 މޭޒުމަތީ ސަމުސާ ބަޓަރު
- 1 ދަޅު ގެރިކިރު
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާ އުދުން މައްޗަށް އުދާށެވެ. ދެން ބަޓަރު ކޮޅު އަލައިލާ މެލްޓް ވުމުން ކޮކޯ ކޮޅު އަޅައި ރަނގަޅަށް އެއް ކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ޗޮކްލެޓް އަޅާށެވެ. ރަނގަޅަށް ޗޮކްލެޓް ދިއާ ވުމުން ގެރިކިރު ދަޅު އަލައި އެއްކޮށްލާށެވެ. އެއަށް ފަހު އެސެންސް ކޮޅު އަޅާއިލާށެވެ. ދެން ބިސްކޯދު ފުޑުކޮށްލުމަށްފަހު އަޅައި އެއްކޮށްލާށެވެ. ބިސްކޯދު ފުނޑު ކުރާނީ ބޮޑެތި ކޮން ނުވަތަ ބިސްކޯދެއް ތިނެއް ނުވަތަ ހަތަރު ބަޔަށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް އެއް ވުމުން ޓްރޭ އަކަށް އަޅައިލުމަށްފަހު މަތިން އޮމާކޮސް އެއްވަރު ކޮށްލާށެވެ. ހިހޫ ވުމުން ހަތަރެސް ކަނަށް ވާ ގޮތަށް ފަޖް ކަފާލާށެވެ. މިހާރު ހުންނާނީ ފަޖް ތައްޔާރު ވެފައިއެވެ.