އައިސް މައިލޯ އަކީ ރޯދަމަހުގެ އިތުރުން އާންމު މަސްމަހުގައިވެސް ވަރަށް އާންމު އެއްޗެކެވެ. ރޯދަމަހަށް މި ބުއިން ހާއްސަ ވާހެން ހީވާ ފަހަރު ވެސް އާދެއެވެ. އައިސް މައިލޯ ތައްޔާރު ކުރާ ތަފާޓު ގޮތްތަށް ހުންނާނެވެ.
ބޭނުން ވާނެ ތަކެތި:
- 2 ޖޯޑު އައިސް ފެން
- 1/3 ޖޯޑު ހަކުރު
- 1/2 ޖޯޑު މައިލޯ
- 1/2 ޖޯޑު ހިކި ކިރު
- 2 ސްކޫޕް އައިސް ކްރީމް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަކުރު، މައިލީ ކިރު އަދި ފެން މިކްސަރަށް އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެން އައިސް ކްރީމް ކޮޅު އަޅައި އެއްކޮށްލާށެވެ. އައިސް ކްރީމް ބޭނުން ކުރާނީ އެމީހަކަށް އެންމެ ކަމުދާ ވައްތަރެކެވެ. އެއަށް ފަހު ފިނި ކޮށްލުމަށްފަހު ސާވް ކުރާށެވެ.