ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ، ސިޔާސީ މަސްރަހުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެން، ގާނާއަށް ދިރިއުޅުން ބަދަލު ކުރެއްވިތާ ދެމަސްފަހުން، މަޖިލިހުން ލިބެމުންދާ މުސާރަ ނަޝީދު ދޫކޮށްލައްވައިފިއެވެ.
ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަަސްލަމްއަށް އެޑްރެސް ކޮށް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވަނީ، ކުލައިމެޓް ވަލްނަރަބުލް ފޯރަމް (ސީވީއެފް)ގެ ފުރަތަމަ ސެކެޓްރީޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް މި މާރިޗްމަހު ގާނާގެ ޕާލަމެންޓުން ސީވީއެފް ސެކެޓްރިއޭޓާއި ބެހޭ ގަރާރު ފާސްކޮށްފައި ވާކަމުގައެވެ. އެހެންކަމުން އެޕްރިލްއިން ފެށިގެން މިދައުރުގެ ބާކީ އޮތް މުއްދަތަށް މަޖިލިހުން ލިބެންޖެހޭ އުނިކޮށްދެއްވުމަށް ނަޝީދު އެދިފައިވެއެވެ.
ސިޔާސީ މަސްރަހުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެން ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލު ކުރެއްވިކަން އިއުލާން ކުރެއްވީ ފާއިތުވި ޖެނުއަރީމަހުގެ 31 ވަނަ ދުވަހުއެވެ.
ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގާނާގެ ވެރިކަންކުރާ ރަށް އާކްރާއަށް ވަޑައިގެންފި ކަމަށާއި، ކުރިޔަށް އޮތް އަހަރުތަކުގައި ދިރިއުޅުއްވާނީ އެ ސިޓީގައި ކަމުގައެވެ. އަދި ނަޝީދު ވިދާޅުވީ އެ ގައުމަށް ދިރިއުޅުން ބަދަލު ކުރެއްވީ "ދަ ސީވީއެފް"ގެ ފުރަތަމަ ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން މަގާމުގެ މަސްއޫލިއްޔާތާއި ހަވާލުވެވަޑައިގަންނަވައިގެން ކަމުގައެވެ.
"ދަ ސީވިއެފް"ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ.
"ދަ ކްލައިމެޓް ވަލްނަރަބްލް ފޯރަމް" (ދަ ސީވީއެފް) ޖަމިއްޔާއަކީ ތިމާވެށީގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭގައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އެޖަމިއްޔާއަށް މިހާރު، އެފްރިކާ، އޭޝިއާ، ކެރީބިއަން، ކެޓިން އެމެރިކާ އަދި ފެސިފިކްއަށް ނިސްބަތްވާ 58 ގައުމެއް ނިސްބަތް ވެއެވެ. އަދި ދުނިޔޭގެ 1.4 ބިލިއަން މީހުން އެ ޖަމިއްޔާއިން ތަމްސީލު ކުރެއެވެ.
ކޮމެންޓު ފޮނުވާ