މެގްނަމް ޕުޑިންގ އަކީ އާންމުކޮން މިހާރު ގޭގޭގެ ސުފުރާ މަތިން ފެންނަ އެއްޗެކެވެ. މެގްނަމް ޕުޑިންގ ތަފާތު ގޮތް ގޮތަށް ތައްޔާރު ކުރވިދާނެއެވެ. މިއަދު މި އޮތީ މެގްނަމް ޕުޑިންގ އެއް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
- 1 ދަޅު ގެރިކިރު
- 1 ޕެކެޓް ފުލްކްރީމް މިލްކް
- 2 މޭޒުމަތި ސަމުސާ ކޯންފްލާ
- 1 ސައިސަމުސާ އެސެންސް
- 1 ޕެކެޓް މާރީ ބިސްކޯދު
- 1 މޭޒުމަތީ ސަމުސާ ބަޓަރު
- 2 މިލްކް ޗޮކްލެޓް (ބޮޑު)
ތައްޔާރު ކުރާނެ ގޮތް:
ތަވާ އުދުން މައްޗަށް އުދާލާށެވެ. ދެން ބަޓަރު ކޮޅު އަޅައި މެލްތް ވުމުން ކިރު ޕެކެޓް އިން އެއް ޖޯޑު ކިރު ނެގުމަށްފަހު އަޅައި ލާށެވެ. ދެން ނެގި މިލްކް ޖޯޑަށް ކޯންފްލާ ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލެވެ. އެއަށް ފަހު މަޑުމަޑުން ހާކަމުން އަޅައިލާ އެއްކޮށްލާށެވެ. ރަނގަޅަށް ކެކުމުން ގެރިކިރު އަޅާށެވެ. ދެން އޮލަވުމުން އުދުން ނިއަވާލުމަށްފަހު އެސެންސް ކޮޅު އަޅައިލާށެވެ.
ޓްރޭއެއްގައި ބިސްކޯދު ގެ ލޭއާއެއް ލުމަށްފަހު ކްރީމް ގަނޑުން ބައެއް އަޅައިލާށެވެ. މިގޮތަށް ލޭއާ ހަދަމުން ގެންދާށެވެ. ދެން އެންމެ މައްޗަށް ޗޮކްލެޓް ގާނާލާފައި ނުވަތަ މެލްޓް ކޮށްލާފައި އަޅާލާށެވެ.