ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި ގއ. މާމެންދުގައި އުޅެނިކޮށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއަށް ހަމަލާ ދީފިއެވެ.
ފުލުހުން ބުނެފައިވަނީ ނަރީޝްއަށް ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު ހަވިރު 17:00 ހާއިރު ލިބިފައިވާކަމަށާއި، އެ މައްސަލާގައި މިހާރު އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ނަރީޝްއަސް ދިން ހަމަލާއާއި ގުޅިގެން އޭނާއަށް އަނިޔާވިކަމުގައި މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި އެ ހަމަލާއާއި ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ