ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ބޭންކު އެކައުންޓުތައް ފްރީޒް ކޮށްފިއެވެ.
8 ބޭންކެއްގައި ޖާބިރު ހުޅުވާފައިވާ އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކުރުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ މައްޗަށް އަމިއްލަ ފަރާތަކުން ހުށަހެޅި ދައުވާއަކާއި ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ގަޒިއްޔާގެ މައުޟޫއަށް ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ޖާބިރުއާއި، އިންޓަރނޭޝަނަލް ޓްރަވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑާއި، ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހަބީބް ބޭންކު ލިމިޓެޑާއި، ބީއެމްއެލްއާއި، އެމްއައިބީއާއި، އެސްބިއައިއާއި، ބޭންކް އޮފް ސިލޯންއާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، ދަ މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއާއި، އެޗްއެސްބިސީގެ އެކައުންޓްތަކުގައި ނުވަތަ އެކައުންޓްތަކުގައި 600،000 އެމެރިކާ ޑޮލަރު ހުރިނަމަ، ސިވިލް ކޯޓުގެ މައުޟޫއީ ދައުވާގައި ގޮތެއް ނިމެންދެން 600،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ނުވަތަ އެއަށްވުރެ މަދު އަދަދެއް ހުރިނަމަ އެއަދަދު އެއްކޮށް ފްރީޒް ކޮށްފައި ބެހެއްޓުމަށެވެ.
މި އަމުރު ކޮށްފައިވަނީ އައިރު ހާޒިރުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ އެކައުންޓުތައް ފްރީޒްކުރަން އަމުރު ކޮށްފައިވަނީ، ބޮޑުމޮހޮރާ ކިޔާރަށެއް ގަނެފަ ދޭންޖެހޭ ނުދީގެންނެވެ.
ޖާބިރުދަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހިގެ އިންތިޚާބަށް ކާށިދޫ ދާއިރާއަށް އަމިއްލަ ކެނޑީޑޭޓެއްގެ ގޮތުގައި ކެމްޕޭން ކުރަމުންނެވެ. އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ޖާބިރު ކެމްޕޭން ކުރަމުންދަނީ އެމްޑީޕީން އޭނާއަށް ޕްރައިމަރީ ކާމިޔާބު ކޮށްގެން ލިބުނު ޓިކެޓް އަތުލުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ