ޓިކެޓް އަތުލާފައި ވަނިކޮށް ޖާބިރު ހަމަ އެދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަނީ

ޓިކެޓް އަތުލާފައި ވަނިކޮށް ޖާބިރު ހަމަ އެދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖާބިރުގެ ޓިކެޓު އެމްޑީޕީން އަތުލާފައި ވަނިކޮށް، އަދި  ޕާޓީންވެސް ވަކިކޮށްފައި ވަނިކޮށް އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.

ޖާބިރު، ޕާޓީން ވަކިކޮށް ޓިކެޓު އަތުލީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލައިގަ އެވެ.

އެމްޑީޕީގެ ސުލޫކީ ކޮމެޓީން ނިންމީ އެމްޑީޕީގެ ފަރާތުން ޖާބިރަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އޭނާ ޕާޓީން ވަކިކުރުމަށެވެ.

ނަވާރަ ވަނަ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓު ހޯއްދަވަން އޭނާ ޕްރަައިމަރީޣައި ކުރިމަތިލެއްވި އެވެ. އެކަމަކު، އެ ފަހަރު އޭނާ އަށް ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި އެވެ.

އެ ނާކާމިޔާބީއާ އެކީގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި، ޖާބިރު ވަނީ ކާށިދޫ ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގެންފަ އެވެ.

އޭރު ގާނޫނު އޮތް ގޮތުން ޕްރައިމަރީއަކުން ބަލިވުމަށް ފަހު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރެވެ އެވެ. އެކަމަކު ޖާބިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކާމިޔާބުކުރައްވައި އިންތިހާބު ވެސް ކާމިޔާބުކުރެއްވި އެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު ނަސީރަށް މިހާރު ވަނީ ދީފަ އެވެ.

ނަސީރަކީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ނަސީރުގެ މައްޗަށް އެ ދާއިރާގައި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *