އިމްރާން ޚާނާއި އަނބިކަނބަލުންގެ ކައިވެނި ގާނޫނާ ހިލާފުވެގެން ދެމަފިރިންވެސް ހަތް އަހަރަށް ޖަލަށް

އިމްރާން ޚާނާއި އަނބިކަނބަލުންގެ ކައިވެނި ގާނޫނާ ހިލާފުވެގެން ދެމަފިރިންވެސް ހަތް އަހަރަށް ޖަލަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީ 2018 ވަނަ އަހަރުގެ ކައިވެންޏަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކައިވެންޏެއް ކަމަށް ކަނޑައަޅައި ޕާކިސްތާނުގެ ކޯޓަކުން ދެމަފިރިންވެސް ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އިމްރާން ބަންދުކޮށްފައިވާ ރާވަލްޕިންޑީ ސިޓީގެ އަޑިއާލާ ޖަލުގެ ތެރޭގައި ގާއިމުކޮށްފައިވާ ސިވިލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ހުކުމް އިއްވީ އެ ދެމަފިރިންގެ ހާޒިރުގަ އެވެ. އަދި އެ މީހުން އެއް މިލިއަން ރުޕީސް (3،560 ޑޮލަރު) އިން ޖޫރިމަނާ ކުރި އެވެ. މި ދެމަފިރިންގެ މައްޗަށް މި މައްސަލަ ހުށަހެޅީ މިދިޔަ އަހަރު ބީބީގެ ކުރީގެ ފިރިމީހާ ޚަވާރު މޭނަކާއެވެ.

އިމްރާންއާ އަލުން ކައިވެނި ކުރުމުގެ ކުރިން އޭނާގެ ވަރިވެފައިވާ އަނބިމީހާ އިސްލާމީ ޝަރީޢަތުގެ ދަށުން ދޭންޖެހޭ ތިން މަސް ދުވަހުގެ އިއްދައިގެ މުއްދަތު ފުރިހަމަކޮށްފައި ނުވާ ކަމަށްއޭނާ ބުނެފައި ވެއެވެ.

މެނެކާ ބުނި ގޮތުގައި އޭނާ އަނބިމީހާ ވަރިކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އިމްރާން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ މަހެއްހާ ދުވަސް ކުރިން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބީބީއާ ތިން ވަނަ ކައިވެންޏެއް ކުރެއްވިކަން އިއުލާން ކުރެއްވި އެވެ. މިއީ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކުރިން ގޮތުން އިމްރާންގެ މައްޗަށް މި ހަފުތާގައި އިއްވި ތިން ވަނަ ހުކުމެވެ. އަދި އޭނާގެ އަންހެނުންގެ މައްޗަށް އައި 2 ވަނަ ހުކުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *