ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޖާބިރަށް

ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޖާބިރަށް

Author
ހުސެއިން
03 ފެބްރުއަރީ 2024 09:05
0

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކާމިޔާބުކޮށްފި އެވެ.

މަޖިލީހުގައި މިހާރު ވެސް ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޖާބިރުއަށް ޓިކެޓު ލިބިވަޑައިގަތީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތާ ވާދަކޮށެވެ

ޖާބިރުގެ އިތުރުން އޭނާގެ ދަރިކަލުން އަހުމަދު މުއާޒު އަބްދުﷲ ޖާބިރުއަށް ވަނީ މަހިބަދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފަ އެވެ

މިއަދު އޮތް މަޖިލިސް ޕްރައިމެރީގައި ޖާބިރުގެ އިތުރުން ދެން އިތުރު ދައުރަކަށް ވާދަކުރުމަށް ޓިކެޓު ލިބިވަޑައިގަތީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ)، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ އިތުރުން މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ހާރޫނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނެވެ.

ޕްރައިމެރީގައިގައި ފޭދޫ އުތުރު ދާއިރާއަށް ވާދަލުކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.