ސިޔާސީ މަސްރަހުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވައިފިއެވެ.
ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގާނާގެ ވެރިކަންކުރާ ރަށް އާކްރާއަށް ވަޑައިގެންފި ކަމަށާއި، ކުރިޔަށް އޮތް އަހަރުތަކުގައި ދިރިއުޅުއްވާނީ އެ ސިޓީގައި ކަމުގައެވެ. އަދި ނަޝީދު ވިދާޅުވީ އެ ގައުމަށް ދިރިއުޅުން ބަދަލު ކުރެއްވީ "ދަ ސީވީއެފް"ގެ ފުރަތަމަ ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން މަގާމުގެ މަސްއޫލިއްޔާތާއި ހަވާލުވެވަޑައިގަންނަވައިގެން ކަމުގައެވެ.
I have arrived in Accra, Ghana 🇬🇭 to start work as @TheCVF’s first Secretary-General. Ghana is hosting the Secretariat and this will be my home for a few years. We hope to unlock the investments needed so @TheCVF members can pursue clean growth & climate prosperity. pic.twitter.com/fzaUOxcxCx
— Mohamed Nasheed (@MohamedNasheed) January 30, 2024
"ދަ ސީވިއެފް"ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ.
"ދަ ކްލައިމެޓް ވަލްނަރަބްލް ފޯރަމް" (ދަ ސީވީއެފް) ޖަމިއްޔާއަކީ ތިމާވެށީގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭގައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އެޖަމިއްޔާއަށް މިހާރު، އެފްރިކާ، އޭޝިއާ، ކެރީބިއަން، ކެޓިން އެމެރިކާ އަދި ފެސިފިކްއަށް ނިސްބަތްވާ 58 ގައުމެއް ނިސްބަތް ވެއެވެ. އަދި ދުނިޔޭގެ 1.4 ބިލިއަން މީހުން އެ ޖަމިއްޔާއިން ތަމްސީލު ކުރެއެވެ.