ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޖަލެއް އެއްކޮށްލައި ސަރަޙައްދީ 1 ޖަލު ހެދުން: އިޙްސާން

ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޖަލެއް އެއްކޮށްލައި ސަރަޙައްދީ 1 ޖަލު ހެދުން: އިޙްސާން

ގުޅުންހުރި

ސަރުކާރުގެ ވިސްނުމަކީ އެކި ސަރަހައްދުތަކުގައި ޖަލުތައް ހިންގުމުގެ ބަދަލުގައި، މަރުކަޒީ އެއް ޖަލު ގާއިމުކޮށް ޚިދުމަތް ދިނުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެމީޑިއާގައި ވާހަކަފުޅު ދައްކަވަމުން އިޙްސަން ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ދިރާސާތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ ވަކި ރަށްރަށުގައި ގިނަ ޖަލުތަކެއް ހިންގުމުގެ ބަދަލުގައި ސަރަހައްދީ އެއް ޖަލު ހިންގުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ ޖަލެއް ގާއިމުކުރުމުން ގައިދީންގެ ޚިދުމަތްތަކަށް ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރިހެބިލިޓޭޝަނަށް އިސްކަން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ މިހާރު ހިންގަމުންދާ ޖަލުތަކުގެ ހާލަތުހުރި ގޮތުން ގައިދީން ކުށުގެ ޒާތަށް ބަލައި ވަކި ނުކުރެވޭތީ، ރިހެބިލިޓޭޓް ކުރަން އުނދަގޫވާ ކަމަށެވެ. އެހެންކަމުން މަރުކަޒީ ޖަލެއް ހަދާއިރު ސަރުކާރުގެ އަމާޒަކީ ކޮންމެ ގައިދާއަކު ވެސް ޖަލުގައި ހުންނަ މުއްދަތުގައި އިސްލާހު ކުރުން ކަމަށް ވިދާޅުވިއެވެ. މިވަގުތު ބަލަމުންދަނީ ޖަލު އެޅުމަށް ހިނގާނެ ޚަރަދާއި، އެކަން ކުރާނެގޮތާއި އޭގެ ސަބަބުން ނިކުންނާނެ ނަތީޖާތަކާގުޅޭ ސްޓަޑީގެ މަސައްކަތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސެންޓްރަލް 1 ޖަލުން ޚިދުމަތް ދިނުން ވިސްނުމަކީ. ސްޓަޑީތައް ހަދަމުން މިދަނީ. ސެކިއުރިޓީގެގޮތުން ވަކިކުރާ ގައިދީން، އަންހެން ފިރިހެން ގައިދީން ވަކިކުރުން، އެކިކަހަލަ ކުށްތަކަށް ބަލާ ގައިދީން ވަކިކުރުންފަދަ ހުރިހާ ކަމަކަށް ބަލާނަން.

– ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ޖަލުތަގައި ތިބި ޤައިދީންނަށް މަހަކު 21 ހާހާއި 30 ހާހާއި ދެމެދުގެޚަަރަދެއް ހިނގާކަމަށެވެ. ނަމަވެސް މި ގެންނަ ބަދަލާއެކު ޚަރަދު ކުޑަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިސްނުމަކީ ޤައިދީން ލައްވައި ގިނަ މަސައްކަތްތައްކޮށް އުޖޫރައެއް ދިނުމަށްވެސް ވިދޅުުވިއެވެ. އެގޮތުން ޖަލުގެ ކޮންސްޓްރަކްޝަނާއި މެއިންޓެނެންސް މަސައްކަތް ވެސް ގައިދީންނާ ހަވާލުކުރެވޭ ގޮތަށް، އެ ހުނަރު ދަސްކޮށް ދިނުމުގެ މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރު ވިދާލުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ